އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާ އިމާރާތުގެ ހާލަތު ދަށްވެ، އެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ކޮމިޝަނުން މިއަދު ބުނީ އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
ތަފްސީލް - މާދަމާ އިން ފެށިގެން އައިކޮމްގެ މަސައްކަތްތައް ކުރާނީ އޮންލައިންކޮށް ކަމަށް އެ އޮފީހުން ބުންޏެވެ.
އައިކޮމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވެސް އެ ކޮމިޝަން ހިންގާ އިމާރާތުގެ ހާލަތު ދަށް ކަމުން މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަން ދަތިވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ބިއްލޫރިޖެހިގޭގައި ހިންގާ އެ އޮފީސް މަރާމާތުކޮށްގެން ވެސް ގިނަ ދުވަހު ދެމި ނުހުންނަ ކަމަށާއި ދާއިމީ ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދުނު ނަމަވެސް އެ ކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
އެ އޮފީހުގެ ހާލަތު ހުރި ގޮތުން މީގެ ކުރިން ދެ ދަންފަޅިއަކަށް ބަހާލައިގެން ވެސް މަސައްކަތްތައް ކުރިއަށް ގެންދިޔަ
ޖާގައިގެ ދަތިކަމާ ހުރެ ބައެއް މުވައްޒަފުން މީޓިން ރޫމުގައި ވެސް މަސައްކަތް ކުރަން ޖެހުނު
އޮފީހުގެ ހާލަތު ދަށްވެ އައިކޮމްގެ މަސައްކަތްތައް އޮންލައިންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ