ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހެޅުއްވި ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ 18 މާޗުގަ އެވެ.
ތަފްސީލް - ގައުމީ އިނާމާ ބެހޭ ކޮމިޓީން ވަނީ:
އިނާމަށް ހުށަހެޅުއްވި ބޭފުޅުންގެ ވަޒީފާގެ ލިޔުންތައް ބަލައި އޭގެ ތެރެއިން އިންޓަވިއުއަށް ޝަރުތު ހަމަވާ ބޭފުޅުން ކަނޑައަޅާފައި
ކޮމިޓީން މިއަދު ވަނީ އެ ބޭފުޅުންނާ އިންޓަވިއު ކުރަން ފަށާފައި
35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާ އެކު، ގާބިލްކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސް ދެއްވާ ޝަރަފުވެރި އިނާމެއް
ރައީސް ދެއްވަނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެއް
މި އިނާމު މި އަހަރު ދޭނީ، ރައީސް އޮފީހުން ބުނި ގޮތުގައި، 26 ޖުލައިގައި ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެންނެވެ.
ހިދުމަތުގެ އިނާމަށް 141 ބޭފުޅުން ފޯމު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ