ކަސްޓަމްސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަނީ، މުސާރައަށް 5،000 ރުފިޔާ

ފަސްހާސް ރުފިޔާގެ މުސާރައަކަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ. ކަސްޓަމްސްއިން ކުރި އިއުލާނުގައި ވަނީ، އެމަގާމަށް 164 މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެމީހުންނަށް 5،000 ރުފިޔާގެ މުސާރައެއް ލިބޭއިރު، އިތުރު އިނާޔަތްތައް ވެސް ލިބެއެވެ. އެގޮތުން، އަސާސީ މުސާރައިގެ 35 އިންސައްތައާއި ސާވިސް އެލަވަންސާއި ކޮއްތު ފައިސާއާއި މިނިމަމް ވޭޖު އެލަވަންސާއި އިތުރު ގަޑީގެ ފައިސާއާއި ބަންދު ފައިސާ ލިބެއެވެ. އެ މަގާމުތަކަށް ހޮވޭ އޮފިސަރުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ: ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާހެއް ލިބިފައިވުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން އެވަޒީފާތަކަށް ކަސްޓަމްސްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިއެވެ. އަދި، މަގާމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އޮންލައިން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކަކީ: ވަޒީފާއަށް އެދޭ ފަރާތަށް ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމަނައިގެން އެމީހެއްގެ ވަނަވަރު (ސީވީ) ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ސުކޫލު ލީވިން ސެޓްފިކެޓުގެ ކޮޕީ ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރައަކުން ކަސްޓަމްސްގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ރަސްމީ ލިޔުން ވަޒީފާ އަދާކުރާނަމަ، ވަޒީފާ އަދާކުރާ އޮފީހުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވޯކްޝޮޕް، ސެމިނާ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓްފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 3003499 ނުވަތަ 3322001އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ