ރިސޯޓް ލީގު: ކޮންރެޑުން ލިލީ ބީޗް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި ރިސޯޓް ލީގު: ކޮންރެޑުން ލިލީ ބީޗް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ރިސޯޓްތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ އަރިއަތޮޅު ޒޯނުގައި އިއްޔެ ކުޅުނު މެޗުގައި، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ 1-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގަލިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި ފަަހަރުގެ މުބާރާތުގައި ކޮންރެޑުން ކުޅުނު ފުރަަތަމަ މެޗުގައި ވަނީ، ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްއާ އެއްވަރުވެފަ އެވެ. އެހެންކަމުން، އިއްޔެގެ މެޗަށް ނުކުތްއިރު، ކޮންރެޑަށް އޮތީ މޮޅެއް ހޯދައިގެން ކުރިއަށްދިއުން މުހިންމުވެފަ އެވެ.
އިއްޔެގެ މެޗުގައި، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ ކޮޅަށް ކޮންރެޑްގެ ހަމައެކަނި ގޯލު ޖަހާފައިވަނީ، މެޗުގެ ނުވަ ވަަނަ މިނިޓްގައި، މުހައްމަދު ރިފާއު ހަސަން އެެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވަނީ ރިފާއު އެވެ.
މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭ ގޮތެއް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އެއް މެޗުގައި، ބާސެލޯ އިން ކުޅޭނީ ވިލަމެންދޫއާ އެވެ. އަދި އަނެއް މެޗުގައި، ލިލީ ބީޗުން ބައްދަލުކުރާނީ ކުރަމަތިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ