އީރާނުން ވަނީ މިސައިލް އުދުއްސާތާ ހަތަރު މިނެޓުގެ ތެރޭގައި އިޒްރޭލުގެ ސްޓްރެޓެޖިކް 10 ތަނަކަށް ހަމަލާ ދީފަ އެވެ.
އީރާނަށް އެމެރިކާއިން ދިން ހަމަލުގެ ބަދަލު ހިފުމުގެ ގޮތުން މިއަދު އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ މައި އެއާޕޯޓުގައި ހުންނަ ބަޔޮލޮޖިކަލް ރިސާޗް ސެންޓަރު ހަލާކުކޮށްލައިފި އެވެ.
އީރާނުން ވަނީ މިސައިލް އުދުއްސާތާ ހަތަރު މިނެޓުގެ ތެރޭގައި އިޒްރޭލުގެ ސްޓްރެޓެޖިކް 10 ތަނަކަށް ހަމަލާ ދީފަ އެވެ. މިގޮތުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ވެރިރަށް ޓެލްއަވީވުގެ މައި އެއާޕޯޓް ކަަމަށްވާ ބެންގޯރިއަން އެއާޕޯޓަށާއި އަސްކަރީ ކޮމާންޑް ސެންޓަރެއްގެ އިތުރުން އަސްކަރީ ދިރާސާ ކުރާ މަރުކަޒު ތަކެއް ވެސް ހިމެނެ އެވެ.
އެ ގައުމުގެ ފާސް ނިއުސް އެޖެންސީއަށް އީރާނުގެ އަސްކަރިއްޔާ އިން ދިން ބަޔާނެއްގައި ބުނީ 13 ވަނަ ހަމަލާގައި ދުރު ރާސްތާ މިސައިލް ތަކެއް ބޭނުންކޮށްގެންނެވެ. މި މިސައިލަކީ ތޫނު އަދި ވިހަ ހޫނު ގޭހެއް ބޭރުކުރާ މިސައިލަކެވެ. މިސައިލްތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ. މިގޮތުން ބަޔޮލޮޖިކް ރިސާޗް ސެންޓަރެއްގެ އިތުރުން އިތުރު ތަންތަން ވެސް ހިމެނެ އެވެ.
އިޒުރޭލުގެ ޓައިމްސް އޮފް އިޒުރޭލު ނޫހުގައިވާ ގޮތުގައި ހަމަލާ އަމާޒުވެ 13 މީހުން ޒަހަމް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިޒްރޭލުގެ ބަޔޮލޮޖިކް ދިރާސާކުރާ ސެންޓަރެއް ހަލާކު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ