ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށްމިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުޙައްމަދު އަމީން މިހެންވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން (ވޮއިސް އޮފް މޯލްޑިވްސް) ގެނެސްދޭ "އަހާށޭބުނާނަން" ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން،ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ފެށުމަށްޓަކައިބައެއް ބަދަލުތައް ގެންނަން އެބަ ޖެހޭ ކަމަށާއި، އެއަރޕޯޓުގެ މަސައްކަތާއި ގުޅުންހުރިއިންޓަރނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މަސައްކަތް ފެށުން ލަސްވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި، ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އަދިއެއަރޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސްއަށް އޯޑަރ ކުރުމާއި މިކަހަލަ ކަންކަމާއި ހެދިމަސައްކަތުގައި ލަސްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، މިހާރުވެސް އެއަރޕޯޓް ޓަރމިނަލްއާއި، ފެންސާއި، ސެކިއުރިޓީއާއިގުޅުން ހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އަމީންފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ މި އެއަރޕޯޓަކީ އުތުރުގެ ރަށްރަށުގެ ދަތުރުފަތުރުގެ މައި ދޮރާއްޓެވެ. މި އެއަރޕޯޓުގެ މަސައްކަތް ފުރިހަމަވެ، ޚިދުމަތްތައް އިތުރަށް ފުޅާވެ ހަމަޖެހުމުން، ހދ. އަތޮޅަށާއި އުތުރުގެ އެހެނިހެން އަތޮޅުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ހަބަރު: ސަރުކާރު
ކުޅުދުއްފުށި އެއަރޕޯޓް މަސައްކަތް މާލަސްތަކެއްނުވެ ފެށޭނެ: މިނިސްޓަރ އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ