މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދޭން އެދިއްޖެ

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އެދިއްޖެ އެވެ.މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރަން ނުޖެހި، ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ.މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުން ފުރުޞަތު ދީފައި ވަނީ 7 ޤައުމަކަށެވެ.އެއީ މެލޭޝިއާ، މޮރޮކޯ، އިންޑޮނީޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ އަދި ކޮޓްޑިވްއާ އެވެ.ފުރުޞަތު ދީފައި ވަނީ 7 ޤައުމަކަށެވެ.އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާނެ ކަމަށެވެ."އުންމީދަކީ ރާއްޖެއިން އެދުނު ގޮތަށް ފުރުސަތު ލިބުން،" ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ