ރިޔާސީ ކޮމިޝަނަށް އިތުރު 3 ބޭފުޅަކު އައްޔަނުކޮށްފި

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު މެމްބަރުންތަކެއް އައްޔަނުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކޮމިޝަނަށް އެންމެފުރަތަމަ އައްޔަނުކުރެއްވި ތިން ބޭފުޅުންނަކީ، ކުރީގެ ބަންޑާރަ ނައިބު، ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދުގެ އިތުރުން މެޑިކަލް ޑޮކްޓަރެއްކަމަށްވާ ޑރ.މުޙައްމަދު ޙަބީބެވެ.
ނަމަވެސް އާއިލީގޮތުން ރައުދުއާއި ގުޅުން އޮންނާތީ ކަމަށް ބުނެ، ޑރ.ހަބީބް ވަނީ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެވ.
Advertisement
- ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު
- ތ. ވޭމަންޑޫ، މޫނިމާގޭ، ޖަބީން މުހައްމަދު
- ހ. ހަބަރުގެ، އާމިނަތު އީނާސް
މީގެ ތެރެއިން އީނާސް ވަނީ، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ
މި ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަޔް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ