ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ހުވަދޫ ކަނޑާ ހަމައަށް ދިޔަ ފަހުން ރޭ ގެއްލިއްޖެ އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، ދޯނި ގެއްލުނި ވަގުތަކީ ރޭ 8 ޖަހާކަށް ހާއިރެވެ. އެންމެ ފަހުން ދޯންޏަށް ގުޅުނީ އެ ރޭ ދަންވަރު 2:40 ހާއިރެވެ.
ތަފްސީލް - އެއީ ގދ. ގައްދޫން ހުޅުމާލެއަށް ދަތުކުރި ދޯންޏެކެވެ. ދޯންޏަށް ކިޔަނީ 'ބްރިލިއަންޓް ކެރިއާ' އެވެ.
ދޯނީގައި 5 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އެއީ 3 ދިވެހިން އަދި 2 ބިދޭސީންނެވެ.
ގައްދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ރިޕޯޓްކުރީ މިއަދު އިރުއޮއްސެނިކޮށް ކަމަށާއި އެމްއެންޑީއެފްގެ ސަދަން ރީޖަނަލް ކޮމާންޑަށް މައުލޫމާތު ދީ، ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
'ފޮލޯމީ' އެޕްލިކޭޝަނުން ދައްކާ ގޮތުން ވެސް ދޯނި އެންމެ ފަހުން އޮންލައިންކޮށް ފެންނަނީ ރޭ 8:04ގަ އެވެ. ދޯނި އޮތީ ހުވަދު އަތޮޅާއި ލ. އަތޮޅާ ދެމެދު އޮންނަ ހުވަދު ކަނޑުގަ އެވެ.
އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އެންގުމަށް ފުލުހުން އެދިފައިވެ އެވެ.
5 މީހުންނާ އެކު ދޯންޏެއް ހުވަދު ކަނޑަށް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ