ޕީސީބީގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް ނަޝާޠު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޒު އަޙްމަދު ނަޝާޠު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ނަޝާޠު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާސިލު ކުރައްވާފައިވާ ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލްގެ މަގާމުގައެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރު އުފެއްދި މި ބޯޑަށް ރައީސްއަކަށް އައްޔަން ކުރައްވާފައިވަނީ ޙަމްދީ ޢަޤީލެވެ.
މި ބޯޑުގައި ދެން ތިއްބަވާނީ ޙަސަން މުޣުނީއާއި އަޙްމަދު މުޝްތާޤާއި ލީނާ ޢަބްދުލްޖަލީލާއި މޫސާ ފަތުޙީ އާދަމާއި ޙަސަން ޒަރީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ