ފީފާ
އިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ
ހާއްސަކަން ރަމްޒުކޮށްދޭ އެއް ކަމަކީ،
މުބާރާތަށް ހާއްސަކޮށް ކޮންމެ ފަހަރަކު
ތައްޔާރުކުރާ ބޯޅަ އެވެ.
އެ
ގޮތުން، އެމެރިކާ، މެކްސިކޯ އަދި
ކެނަޑާގައި، ޖޫން 11
އިން
ޖުލައި 19
އަށް
މި ފަހަރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ
23
ވަނަ
މުބާާރާތަށް ހާއްސަކޮށް ތައްޔާރުކުރި،
"ޓްރިއޮންޑާ"
ބޯޅަ
އަކީ އެކި ގޮތްގޮތުން ހާއްސަ ބޯޅަ އެކެވެ.
ޓްރިއޮންޑާ،
މި ނަމަކީ ސްޕެނިޝް ބަހުންނަމަ، "ތުރީ
ވޭވްސް"
އެވެ.
މާނަ
އަކީ ތިން ރާޅެވެ.
އެ
ތިން ރާޅު ރަމްޒުކޮށްދެނީ، މި ފަަހަރުގެ
ވޯލްޑް ކަޕް ބާއްވާ ތިން ގައުމު، އެމެރިކާ،
މެކްސިކޯ އަދި ކެނަޑާ އެވެ.
މިއީ،
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް،
ފީފާ ވޯލްޑް ކަޕް، ތިން ގައުމަކުން
ގުޅިގެން، ހޯސްޓްކުރާނެ ފުރަތަމަ
ފަހަރެވެ.
އެހެންކަމުން،
މި މުބާރާތުގައި ޖުމްލައެކު، ކުޅެވޭ
104
މެޗުގައި
ވެސް ބޭނުންކުރާނެ ބޯޅައިގައި ވެސް
ހޯސްޓްކުރާ ތިން ގައުމުގެ ކުލަތަކާއި
އެ ގައުމުތަކުގެ ސަގާފީ ކަންކަން
ރަމްޒުކޮށްދޭ، ޑިޒައިންތައް ވަނީ
ހިމަނައިފަ އެވެ.
އެ
ގޮތުން، ވޯލްޑް ކަޕް ބޯޅައިގައި
މައިގަނޑުކޮށް ހިމެނޭ ތިން ކުލަ ކަމަށްވާ
ރަތާއި ފެއްސާއި ނޫކުލަ އަކީ، އެމެރިކާ،
މެކްސިކޯ އަދި ކެނަޑާގެ ދިދައިގެ
ކުލަތަކެވެ.
އަދި،
އައިކޮނޮގްރަފީކޮށް ބަލާއިރު، ބޯޅައިގެ
ޑިޒައިނުން ފެންނަ، މެޕްލް ލީފަކީ
ކެނަޑާގެ ރަމްޒެވެ.
އަދި،
އީގަލް ދޭހަކޮށްދެނީ މެކްސިކޯގެ
ބައިވެރިވުމެވެ.
މީގެ
އިތުރުން، ތަރިތަކަކީ އެމެރިކާގެ
ބައިވެރިވުމެވެ.
ކުޅިވަރު
ސާމާނު އުފެއްދުމުގައި ދުނިޔޭގެ ގިނަ
ބަޔެއްގެ މެދުގައި މަގުބޫލުކަން
ހޯދާފައިވާ، އެޑިޑާސް އިން ތައްޔާރުކުރި
މި ބޯޅަ އަކީ ފޯ ޕެނަލް ކޮންސްޓްރަކްޝަންް،
ޓެކްނޮލިޖީއާ އެކު ތައްޔާރުކުރެވިފައިވާ
ބޯޅައެކެވެ.
އެ
ގޮތުން، މޯޝަން ސެންސަރު ޗިޕް ހަރުކޮށްފައިވާ
މި ބޯޅަ ދައުރުކުރާ ގޮތުގެ ތަފްސީލް ޑޭޓާ
ވަގުތުން ލިބޭނެ އެވެ.
މާނަ
އަކީ، މި ބޯޅައިގެ ޒަރިއްޔާ އިން ވީޑިއޯ
އެސިސްޓަންޓް ރެފްރީ (ވީއޭއާރް)
އަށް
ވެސް ބޭނުންވާނެ މުހިންމު އެތައް
މައުލޫމާތެއް ލިބޭނެ އެވެ.
އޭގެ
ސަބަބުން، ރިއަލް ޓައިމްގައި އަވަހަށް
ކަންކަމުގައި ގޮތް ނިންމުމަށް ރެފްރީންނަށް
ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެ އެވެ.
މިއީ
ރެފްރީންގެ ނިންމުންތަކަށް ޓަކައި މެޗު
މެދުކަނޑާލަން ޖެހޭ ވަގުތު
ކުރުވާނެ
ބަދަލެއް ކަމުން، ސަޕޯޓަރުންނަށް މީގެ
ސަބަބުން މެޗުގެ ފޯރި ހުއްޓުމެއް ނެތި
ކުރިއަށްގެންދަން މަގުފަހިވާނެ އެވެ.
ޓްރިއޮންޑާ: ޓެކްނޮލޮޖީއާ ރަށްޓެހި، ގައުމުތަކުގެ ސަގާފަތް ރަމްޒުކޮށްދޭ ވޯލްޑް ކަޕް ބޯޅަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ