އައިފޯން 18ގެ ސިމް ކާޑު ސްލޮޓް ނައްތާލައި، ބޮޑު ބެޓަރީއަކަށް މަގުފަހިކުރަނީ

އައިފޯން 18 ސީރީޒްގެ ސިމް ކާޑު ސްލޮޓް ނައްތާލައި، ބޮޑު ބެޓަރީއަކަށް މަގުފަހިކުރަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލްއިން ވަނީ އައިފޯން 14 ނެރުމާއެކު ފިޒިކަލް ސިމް ޓްރޭ ނައްތާލާ، އީ-ސިމް އެކަނި ބޭނުންކުރާ މޮޑެލްތަކެއް މީގެ ކުރިންވެސް ތަޢާރަފްކޮށްފައެވެ. މިހާރު، މި ސްޓްރެޓެޖީ ޔޫރަޕް ފަދަ އާ މާކެޓްތަކަށް އައިފޯން 18 ސީރީޒާއެކު ފުޅާކުރަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިމް ޓްރޭ ނައްތާލުމުގެ ސަބަބުން އައިފޯން 18 ސީރީޒްގެ އެތެރޭގެ ޖާގަ އިތުރުވެ، ބެޓެރީގެ ސައިޒަށް މީގެ ބޭނުން ހިފޭނެ ކަމަށް ލަފާކުރެވެއެވެ. ގްރީކްއަށް ނިސްބަތްވާ މަޝްހޫރު ޓެކްމެނިއެކްސް އިން ބުނާ ގޮތުގައި، އެޕަލް އިން ރާވަނީ ޔޫރަޕްގައި އީ-ސިމް އެކަނި ހިމެނޭ އައިފޯން 18 މޮޑެލްތައް ނެރުމަށެވެ. މިކަމުގެ ސަބަބުން އައިފޯން 18 ސީރީޒްގެ ހުރިހާ ސްމާޓްފޯނެއްގައި ވެސް ފިޒިކަލް ސިމް ޓްރޭ ނެތިކޮށްލުމުން ބޮޑު ބެޓަރީއެއް ހިމެނުމަށް ބޭނުންވާ އެތެރޭގެ ޖާގަ އިތުރުވާނެއެވެ. އައިފޯން 18 ޕްރޯ މެކްސްގެ ގްލޯބަލް ވެރިއަންޓްގައި 5,100 އާއި 5,200 އާ ދެމެދުގެ ބެޓަރީއެއް ހުންނާނެ ކަމަށް އަޑުފެތުރިފައިވާއިރު، މިއީ އައިފޯން 17 ޕްރޯ މެކްސްގެ ބެޓެރީއަށްވުރެ ފަސް އިންސައްތަ އިތުރު އަދަދެކެވެ. https://sun.mv/210862 އީ-ސިމް އަށް ބަދަލުވުމުން، ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ މޯބައިލް ޕްލޭންތައް އެމީހުންގެ ކެރިއާ މެދުވެރިކޮށް ޑިޖިޓަލީ އެކްޓިވޭޓް ކުރަން ޖެހޭނެއެވެ. މިއީ ގިނައިން ސިމް ކާޑު ބަދަލުކުރާ ފަރާތްތަކަށް ދަތިކަމަކަށް ވެދާނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އާ އީ-ސިމްއެއް ނެރުމަށް ކެރިއަރުން އިތުރު ހަރަދުތަކެއް ނަގާ ކަމަށް ވެސް ފާހަގަކުރެވެއެވެ. އީ-ސިމް ޓެކްނޮލޮޖީއަކީ ސިމް ކާޑު އެކްޓިވޭޓް ކުރުމާއި ޑިއެކްޓިވޭޓް ކުރުމަށް ފަސޭހަ ގޮތެއް ނަމަވެސް، ގިނައިން ޑިވައިސް ބަދަލުކުރާ ފަރާތްތަކަށް މިއީ އެކަށީގެންވާ ގޮތެއް ނޫނެވެ. އެޕަލް އިން ވަނީ މިދިޔަ އަހަރު ޖަޕާން، ކެނެޑާ އަދި ޔޫއޭއީ ފަދަ އިތުރު މާކެޓްތަކުގައި އީ-ސިމް އެކަނި ހިމެނޭ އައިފޯން 17 މޮޑެލްތައް ނެރެފައެވެ. އައިފޯން 18 ސީރީޒް ނެރޭނީ އައިފޯން 17 ސީރީޒްގެ ފެށޭ އަގުތަކާ އެއްވަރަށް ކަމަށް ލަފާކުރެވެއެވެ. އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކް، އައިފޯން ފޯލްޑްއާ އެކު މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޢާރަފްކުރާނެ ކަމަށް ބެލެވެއެވެ. ގިނަ ރިޕޯޓްތައް ބުނާގޮތުން ސްޓޭންޑާޑް އައިފޯން 18 އާއި އައިފޯން އެއާ އެކު ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ