މި ރޯދަ މަހު ވެސް މާލެ ސަރަހައްދުގައި މުދާ އުފުލުން މަނާ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައި މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ގިނަވެ، ޓްރެފިކް ބާރު ބޮޑުވުމުގެ ސަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ލުއެއް ގެނައުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ވަކި ހާއްސަ ގަޑިތަކަކީ މަނާ ވަގުތުތަކެއްގެ ގޮތުގައި ކަނޑައަޅަ އެވެ. އަދި މިފަހަރު ރޯދައަށް މިގޮތަށް މަނާ ވާނެ ވަގުތުތައް މިނިސްޓްރީން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
ތަފްސީލު - މިނިސްޓްރީގެ އެ އިއުލާންގައި ބުނީ، އެ ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ވާނެ ކަމަށެވެ.
އެ ގަޑިތަކަކީ:
ހެނދުނު 8 އިން ރޭގަނޑު 9:30އަށް (ރޯދަ މަހުގެ ފަހު 10އާ ހަމައަށް)
ހަވީރު 4:30 އިން ރޭގަނޑު 8އަށް
ރޯދަ މަހުގެ ފަހު 10ގައި ސަރުކާރާއި ސްކޫލްތައް ބަންދެވެ. ފަހު 10އަށް ފަހު، ސުންނަތް ހަ ރޯދައަށް ޝައްވާލުމަހުގެ 1 އިން 7އަށް ވެސް މި ގަޑިތަކުގައި މުދާ އުފުލުން މަނާ ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެންގުމާ ހިލާފުވެއްޖެ ނަމަ:
ގާނޫނުގެ ދަށުން 750ރ.އިން ޖޫރިމަނާ ކުރެވޭނެ
ރޯދަ މަހު މުދާ އުފުލުން މަނާ ވަގުތުތައް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ