ރޯދަމަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ތަފްސީލް - އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެރިދުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކު 200އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100އަށް ވުރެ ގިނަ ޕެކް ހަދިޔާކުރި އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލްގެ މުވައްޒަފުން ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
މީގެ ކުރިން ވެސް އާކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
ރޯދަމަހު ބޭނުންޖެހިފައިވާ އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ