އަސާސީ ބޭނުންތައް ނުފުއްދޭ އާއިލާތަކަށް ބީއެމްއެލްގެ އެހީ
ރަމަޟާން މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެރިދުމަށް ހިންގާ ޕްރޮގްރާމެކެވެ.މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކު 200އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100އަށް ވުރެ ގިނަ ޕެކް ހަދިޔާކުރި އެވެ.ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ކުރިންވެސް އާކްއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ