ހޫޕަން 'ރަމަޟާން މެގަ ސޭލް'އިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެނީ

ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންދާ އޮންލައިން ޕްލެޓްފޯމް ހޫޕަންއިން، ރޯދަމަހަށް ޚާއްސަކޮށް ބައެއް ތަކެތިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ހޫޕަންއިން އަންނަ ބުދަ ދުވަހު ފަށާ ރަމަޟާން މެގަ ސޭލްގެ ކުރިއަށް ވެސް، ޕްރޮމޯޝަންތަކެއް ބާއްވައި، އީދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް މާރިޗު މަސް ނިމެންދެން މި ޕްރޮމޯޝަށް ކުރިއަށްގެންދާނެއެވެ. ފެކްޓަރީ އަގުގައި އެކި ބާވަތްތަކުގެ ތަކެތި ވިއްކާ ހޫޕަންއިން އުންމީދު ކުރަނީ މި ސޭލްއާއެކު، ރޯދަމަހުގެ ތައްޔާރީތައް ފަސޭހަކޮށް، އަގުހެޔޮ ކޮށްދެވޭނެ ކަމަށެވެ. އެ ޕްލެޓްފޯމުން ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި: ރޯދަމަހާ ގުޅުވައި ޒީނަތްތެރިކުރަން ބޭނުންކުރާނެ ތަކެތި: ހަނދާއި ތަރިތަކުގެ ޑިޒައިން ހުންނަ ސްޓްރިންގް ލައިޓްސްއާއި ލެންޓާންސް، ފާރުގައި ތަތްކުރާ ސްޓިކާސް، ދޮރުފޮތި، ބިންމަތީގައި އަޅާ ރަގް، މުސައްލަ، މީރު ވަސް ހުންނަ އުއްބަތި. ގެއާއި ބަދިގެއަށް ބޭނުންވާ ސާމާނު: ރީތި ޑިޒައިންތައް ހުންނަ ތަށްޓާއި އުލާއި ސަމުސާ ސެޓުތައް, ބިއްލޫރި ތަށި، ބޮޑެތި ތެލި، ތަވާ، ކާބޯތަކެތި އަޅާ ސްޓޯރޭޖް ކޮންޓެއިނާ، ސުފުރާ އަންހެނުންގެ އަންނައުނު: އަބާޔާއާއި ބުރުގާ، ގޭގައި އުޅޭއިރު ލާން އަރާމު ހެދުން ފިރިހެނުންގެ އަންނައުނު: ކުރުތާ، ގޭގައި އުޅޭއިރު ލާން އަރާމު އަންނައުނު ކުޑަކުދިންނަށް ޚާއްސަ: ރޯދައާއި އީދާ ގުޅުންހުރި ހެދުންތައް ހޫޕަން އެޕުން ތަކެތި ބައްލަވައިގަންނަވާއިރު، އެޕްގައި ހުންނަ ލޯކަލް ވެއާހައުސް ކެޓަގަރީ ޚިޔާރުކުރުމުން، ދެތިން ދުވަސް ތެރޭ ލިބޭނެއެވެ. އެއީ ރޯދައަށް ގަންނަ ތަކެތި ވީހާ ވެސް އަވަހަށް ހޯދުމަށް ކުރެވިދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ