ކަސްޓަމަރުންނަށް ބައިވެރިވެވޭގޮތަށް ދީނީ ސުވާލާއި ޖަވާބު ހިމެނޭ
ޕްރޮގްރާމެއް މަޝްހޫރު އިހްސާން ފިހާރާގައި ކުރިއަށް ގެންގޮސްފިއެވެ.
ސުވާލަކީ ކޮބާ؟ މިނަމުގައި ރަމަޟާން މަހަށް މަރުޚަބާ ކިއުމުގެ ގޮތުން
ކަސްޓަމަރުންގެ ހިތުގައި އުފެދޭ ސުވާލުތަކަށްވަގުތުން ޖަވާބު ހޯދައި ދިނުމަށް
ކުރިއަށް ގެންދިއަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ވަނީ ހަވީރު 16:00 އިން 17:30 ކުރިއަށެވެ. އިހްސާން ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް
ކުރިއަށް ގެންދިޔަ މި ހަރަކާތައް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް
އެފިހާރައިން ވަނީ ބުނެފައެވެ.
އިހްސާން ފިހާރައިގެ ޓިކްޓޮކް މެދުވެރިކޮށް ވަގުތުން ކުރިއަށް ގެންދިޔަ
ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުލިއްޔާ
އޮފް އަރަބިކް ލޭންގްއޭޖް ޑީން އައްޝައިހް ފައްޔާޒް އަލިމަނިކެވެ. ރަމަޟާން މަހާއި
އަޅުކަމާއި ގުޅޭ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ
ކަސްޓަމަރުން ވަނީ ސުވާލު ކޮށްފައެވެ.
ޕްރޮގްރާމް ހުށަހަޅަމުން އިހްސާން ފިހާރައިގެ
ސޭލްސް އެންޑް މާކެޓިންގ ފަޔާޒް ޔުސުފް ވިދާޅުވީ، ބުރަކޮށް މަސައްކަތްތަކުގައި
އަވަދިނެތި އުޅެމުން ވިޔަފާރި ކުރަން އަންނަ ފަރާތަތްކަށް އެއް އޮނުގައި ދެބުޅި
ޖަހަލަން ފުރުސަތެއް ހޯދަދިނީ އިޖްތިމާއީ ކަމެއްގެ ގޮތުގައި އެ ފިހާރައިގެ
މެނޭޖްމަންޓްއިން ދެކޭތީ ކަމަށެވެ. ޕްރޮގްރާމް ގައި ސުވާލު ހުށަހެޅި ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ހާއްސަ ހަދިޔާއެއް ވެސް ހުށަހަޅާފައެވެ.
ރާއްޖޭގެ ސްޕަރމާޓަކުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށް ހިންގާ އެންމެ ގިނަ އިނާމް
ލިބޭ ޕްރޮމޯޝަން އިހްސާން ފިހާރައިން ކުރިއަށް ގެންދާއިރު ވަރަށް ގިނަ އަދަދެއްގެ
އާމުންދަނީ އެފިހާރައިން ކޮންމެ ދުވަހަކުވެސް ވިޔަފާރި ކުރަމުންނެވެ. ދީނީ
އިލްމުވެރިއެއް މެދުވެރިކޮށް ވަގުތުން ސުވާލާއި ޖަވާބު ލިބޭ ގޮތަށް ފިހާރައެއްގެ
ތެރޭގައި އާންމުންނަށް ފުރުސަތުދީގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ސްޕަރމާޓެއްގައި ފުރަތަމަ ފަހަރަށް ދީނީ ސުވާލާއި ޖަވާބު ހިމެނޭ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ