ދިރާގުން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްފައިވާ ތީމްގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން މިއަދު ތައާރަފްކޮށްފި އެވެ.
ތަފްސީލް - ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންގައި ހިމެނޭ އޮފާތަކަކީ:
ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު - ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅާފައި
ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ - ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35ރ.އަށް 1 ދުވަހަށް ހިލޭ ޑޭޓާ އަދި އެންމެ 199ރ.އަށް 28 ދުވަހަށް ހިލޭ ޑޭޓާ؛ މި ޑޭޓާ ރޭގަނޑު 9 އިން ދަންވަރު 1އާ ދެމެދު ބޭނުންކުރެވޭނެ
ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް - ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 1 އިން ފަތިހު 4އަށް 1 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލް މުޅިން ހިލޭ ލިބޭނެ
ދިރާގު ލިމިޓެއްނެތް ފައިބާއަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި މިހާރު ވެސް ދައްކަމުން އަންނަ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބާ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ އަދި 2 މަސްދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ
ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން - 30ޖީބީއާ ހަމައަށް އާއިލާގެ 4 މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ
ފުޑީސް ވައުޗަރު ހަދިޔާކުރުން - ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ
ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ
ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭން ރޯދަމަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއ ބާސްކެޓް ހަދިޔާކުރެވޭނެ؛ ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ
ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކުން - ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ
ދިރާގުން ވަނީ މި އޮފާތަކުގެ އިތުރުން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ވެސް ހާމަކޮށްފަ އެވެ. މިގޮތުން، މި އަހަރު ވެސް އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ އެވެ.
މި އޮފަތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ.
ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ.
މި ފިލްމު އާންމުންނަށް ދައްކާލާނީ ރޯދަމަހުގެ ފުރަތަމަ ދުވަހު އެވެ.
ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ދިރާގަކީ އަބަދު ވެސް ދިވެހިރާއްޖޭގެ ގުޅުމަށް ވާއިރު، އެ ކުންފުނިން އަންނަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
"މި ރަމަލޯން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
"މި ގުޅުންތަކަށް އިސްކަންދީ މި ރޯދަމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަލޯން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން."
ދިރާގުން ރޯދަމަހަށް 'އާއިލީ ގުޅުން': ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ