ހޭންޑީ ފެން ބޭނުން ނުކުރަން، ކަމާބެހޭ އިދާރާއިން އަންގައިފި

ހޭންޑީ ބްރޭންޑްގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައި ހުރި ފެނުން ޖަރާސީމް ފެނިގެން އެ ފެން ބޭނުން ނުކުރަން ކަމާބެހޭ އިދާރާއިން އަންގައިފިއެވެ.
މިކަމާ ބެހޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ، ހޭންޑީ ވޯޓަރ ބޮޓެލިން ޕްލާންޓުން އޔފައްދާ 330 އެމްއެލް، 500 އެމްއެލް، އަދި 1 ލީޓަރުގެ ބިއްލޫރި ފުޅިތަކުން ބޭފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާކަމަށެވެ.
އެމްއެފްޑީއޭއިްނ ބުނީ ފެންފުޅިތަކުގެ ތަހްލީލް ނަތީޖާ ދައްކާގޮތުން މި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމަށެވެ. އެހެންކަމުން އެމްއެފްޑީއޭއިްނ ވަނީ އެ އިދާރާއިން ވަކިގޮތެއް އަންގަންދެން ހޭންޑީ ބިއްލޫރިފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ