މާދަމާއަކީ މުލަ ރޯދަ ދުވަސް

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ތަފްސީލް - ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު މިނިސްޓްރީން ބުނިގޮތުގައި މިއަދުގެ އިރު އޮއްސުމަށް ފަހު ރާއްޖެއަށާއި އިސްލާމީ ބައެއް ގައުމުތަކަށް ރޯދަމަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެ އެވެ. އަދި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ސާބިތުވެ އެވެ.
އެހެންކަމުން، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ