ރަމަޟާންމަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިކަން

މި ރަމަޟާން
މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިންގ
ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް
މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް
އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި
އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް
އެހީތެރިވެރިދުމަށް ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލް/އާކް އެހީ ތައްޔާރުކުރުމުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން ބުނީ މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ
މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު ޖުމްލަ 200  އަށްވުރެ ގިނަ ކުދީންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި
ހިމެނޭ 100 އަށްވުރެ ގިނަ ޕެކް ހަދިޔާކޮށްފައިވާ ކަމަށެވެ.
ބީއެމްއެލް އެހީ ހަދިޔާކުރުމުގެ ތެރެއިން... ފޮޓޯ: ބީއެމްއެލް
ބޭންކުގެ
މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް
އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ކުރިންވެސް އާކްއަށް އެހީތެރިކަން
ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިކަން
ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ