ރޯދަ މާރުކޭޓު: ކަރާ އާއި ކުރުނބާ ފިޔަވައި އެހެން ތަކެތި ބިންމަތީގައި ބެހެއްޓުން މަނާ ބޭރުން ގެންނަ ހާފިޒުންނަށް ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި ރޯދަ މަސް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދެވޭނެ: އެމްޑީޕީ ފަހުދިހައިގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން

ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަން އިއުލާންކޮށްފައިވަނީ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހުގައެވެ. އެ މިނިސްޓްރީން ބުނީ ބައެއް އިސްލާމީ ގައުމުތަކަށް މިރޭ (ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށްފަހު) ހަނދު ފެނިފައިވާކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ނިންމީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ޖަލްސާގައި ހަނދާބެހޭ ރަސްމީ ބަޔާން އިއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު އަބްދުﷲ ސައުދާންއެވެ. މި ބަޔާނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާފައިވާ ބަޔާނެކެވެ.
މި ބަޔާނުގައި އިސްލާމިކް މިނިސްޓަރު ވަނީ ރޯދައިގެ ފަރުޒުތައް ފުރިހަމައަށް އަދާކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މި ބަރަކާތްތެރި މައްސަރުގައި މާތް الله ގެ ރުއްސެވުމާއި ފާފަފުއްސެވުމަށް އެދި ހެޔޮ އަމަލުތައް ގިނަ ކުރުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ