'ހޭންޑީ' ބިއްލޫރި ފެންފުޅީގައި ޖަރާސީމު ހުރުމުން ބޭނުން ނުކުރަން އަންގައިފި

'ހޭންޑީ ވޯޓާ' ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނުގައި ޖަރާސީމުގެ އަސަރު ހުރުމުގެ ސަބަބުން، އެ ފެން ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު އަންގައިފި އެވެ.
ތަފްސީލް - އެމްއެފްޑީއޭން ނެރުނު ބަޔާނެއްގައި ބުނީ، ބޯފެނުގައި ހުރެގެންނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވަނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ:
330 އެމްއެލް ފުޅި
550 އެމްއެލް ފުޅި
 1 ލީޓަރު ފުޅި
 މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށްވާތީ، އެ އިދާރާއިން ވަނީ މިކަމަށް ސަމާލުވުމަށް އެދިފަ އެވެ.
އެމްއެފްޑީއޭން ކުރި ތަހުލީލުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް ބުނެފައިވަނީ، މި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗުއޯ އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫން ކަމަށެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ އެއްވެސް ސައިޒެއްގެ ބިއްލޫރި ފެންފުޅި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ