ހަނގުރާމަ ފެށުނުފަހުން އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ބޮޑެތި އަސްކަރީ ހަމަލާތަކާއެކު ފެށުނު ހަނގުރާމައަށް ފަހު ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވުމަށްފަހު އިއްޔެއަކީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްވެސް މި ހަމަލާތައް ދަނީ ފޮނުވަމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 152,510 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 187,557 ފަތުރުވެރިޔަކު ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
މިދިޔަ އަހަރު މި މުއްދަތާ ބަލާއިރު، މިއީ 18.7 އިންސައްތައިގެ ދަށްވުމެކެވެ.
މި މަހު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށްވެފައިވާއިރު އިއްޔެއަކީ މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
އެގޮތުން އިއްޔެ ދިވެހިރާއްޖެއަށް 6,782 ފަތުރުވެރިއަކު ދިވެހިރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 634,278 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 620,410 ފަތުރުވެރިންނެވެ. މިއީ 2.2 އިންސައްތައިގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ