ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި ހުޅުވައިފި
ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި އެވެ.ވިލިމާލޭގެ މުހްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ.މިއާ އެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެއަށް ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބޭނެ އެވެ.މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުންޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތް ނެގުންޕްރީޕެއިޑް ރީޗާޖުކުރުންޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުންމި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ "ލިމިޓެއްނެތް ފައިބާ 20އެމް" އަދި މަތީގެ ޕެކޭޖްތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ޚިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ