މުލީ 10 ކްލާސްރޫމްގެ އިމާރާތް ތަރައްގީކުރުން އެމްޓީސީސީއަށް

މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ ތިން ފަންގިފިލާގެ އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އޭވީ ރޫމެއްގެ އިތުރުން ހެލްތު ރޫމެއް ހިމެނޭނެއެވެ.
މުލީއަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވެފައި، އެ ރަށުގެ ސްކޫލުގައި މިހާރުވެސް 240 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރޭގައި އެ އަތޮޅުގެ އެހެން ރަށްރަށުން ތައުލީމު ހާސިލުކުރުމަށް އަންނަ ދަރިވަރުންވެސް ހިމެނެއެވެ.
1020 މީހުންގެ އާބާދީއެއް އޮންނަ މުލީގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް، މި އައު އިމާރާތާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ