ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކާއި އޭޓީއެމް ވިއުގަ ފުޅާކުރުމުގެ ގޮތުން އަލަށް ގާއިމްކުރި ޚިދުމަތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ޑޮލަރު އޭޓީއެމްތައް ބަހައްޓާފައިވާ އަތޮޅުތަކަށް ބަލާއިރު، އެންމެ ގިނަ އޭޓީއެމް ބަހައްޓާފައިވަނީ ކ. އަތޮޅުގައެވެ. އެއީ 10 އޭޓީއެމްއެވެ. މީގެ އިތުރުން ރ. އަތޮޅާއި އދ. އަތޮޅުގައި ހަ އޭޓީއެމް، އަދި ހއ، ހދ، ބ، އަދި ސ. އަތޮޅުގައި ކޮންމެ އަތޮޅަކު ފަސް ޑޮލަރު އޭޓީއެމް ވަނީ ބަހައްޓާފައެވެ. އެހެން އަތޮޅުތަކުގައިވެސް އާބާދީއާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބަލައި ޑޮލަރު އޭޓީއެމްތައް ވަނީ ގާއިމްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ. "މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބީއެމްއެލްއިން ނިންމާފައިވަނީ އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް 73 ރަށެއްގައި 138 އޭޓީއެމް ހުރި ނަމަވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މި އަދަދު ވަނީ 187 ރަށުގައި 340 އޭޓީއެމްއަށް އިތުރުކުރެވިފައެވެ.
ބީއެމްއެލް ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ