ހަތްދިހަ ރަށެއްގައި ޑޮލަރު އޭޓީއެމް، 90 އޭޓީއެމް އިފްތިތާހުކޮށް ބީއެމްއެލަށް ތާރީހީ ރެއެއް

ބޭންކް އޮފް މޯލްޑިވްސް އިން 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ އިތުރު 20 ރަށެއްގައި ބެހެއްޓި ދިވެހި ރުފިޔާގެ މުއާމަލާތް ކުރެވޭ 20 އޭޓީއެމްއާއެކު ޖުމްލަ 90 އޭޓީއެމެއް މިރޭ އިފްތިތާހުކޮށްފި އެވެ. 
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. 
މިރޭ އިފްތިތާހުކުރެވުނު ދިވެހި ރުފިޔާ ހިދުމަތްދޭ 20 އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި ވަނީ ޑޮލަރު އޭޓީއެމް ބަހައްޓާފަ އެވެ.
މިރޭ އޮތް ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
* ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
* ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
* ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
* ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
* ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
* ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
* ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް
* އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
* ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
* މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
* ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
* ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
* ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
* ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ފޯރުކޮށްފިނުމަށް ކަމަށާ 2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައި ކަން އެ ބެންކުން ފާހަގަ ކުރެ އެވެ.
މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުން ކަމަށް ވެސް ބުންޏެވެ. މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފަ އެވެ. 
މިރޭގެ ރަސްމިއްޔާތުގައި ޝަރީފް ވާހަކަ ދައްކަވަނީ --
މިރޭގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ހިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު ކަމަށެވެ.
"އާދެ! މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ޚިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވި އެވެ
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މިއޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ