މިއަހަރުގެ ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން ކުރިއަށްދާނީ ފުރަތަމަ ހަފްތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަހަރުގެ ދިރާސީ ކަލަންޑަރު، އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
ތަފްސީލު - މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވަނީ އަންނަ މަހު 18 އެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށްވާއިރު، ޖެހިގެން އަންނަ ދުވަހަކީ ވެސް ސްކޫލް ބަންދު ދުވަހެކެވެ.
ކަލަންޑަރުގައި ރާވާފައިވާ ގޮތުގައި:
ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ އަންނަ މަހު 22 އިން 26އާ ހަމައަށް
އޭގެ ފަހުން، 1-5 މާޗު އަދި 8 މާޗު ކަނޑައަޅާފައިވަނީ ތީޗަރުންގެ 'ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް' ދުވަސްތަކުގެ ގޮތުގައި
އެ ދުވަސްތަކުގައި ސްކޫލްތަކުގެ ކިޔެވުން ބަންދުވާނެ
އެއަށް ފަހު 9-19 މާޗާ ހަމައަށް ހިނގާ ދުވަސްތަކަކީ ރޯދަމަހުގެ ފަހު 10ގެ ދުވަސްތައް؛ މިއީ ސަރުކާރު ބަންދު ދުވަސްތަކެއް
ފިތުރު އީދު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވަނީ 20 މާޗުވާ ހުކުރު ދުވަހެވެ. އަދި އީދު ބަންދަށް ތިން ދުވަސް ލިބޭއިރު، އަލުން ސްކޫލްތަކުގެ ކިޔަވައިދިނުން ފަށާނީ 23 މާޗުވާ ހޯމަ ދުވަހު އެވެ.
ރޯދައިގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ފުރަތަމަ ހަފްތާގައި އެކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ