2026 ވަނަ އަހަރު ބާއްވާ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. މިފަހަރުގެ ނޮމިނޭޝަންތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ "ސިނާސް" (Sinners) އަދި "ވަން ބެޓްލް އާފްޓަރ އެނަދަރ" އެވެ.
98 ވަނަ އެކަޑަމީ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާންކުރީ ބުރާސްފަތި ދުވަހު ލޮސް އެންޖެލިސްގެ ސެމިއުލް ގޯލްޑްވިން ތިއޭޓަރުގައި ބޭއްވި ވަގުތުން ދެއްކި ޚާއްސަ ހަފުލާއެއްގައެވެ. މި ނޮމިނޭޝަންތައް އިއުލާންކޮށްދިނީ މަޝްހޫރު ފަންނާނުން ކަމަށްވާ ލުވިސް ޕުލްމަން އަދި ޑެނިއަލް ބްރޫކްސް އެވެ.
98 ވަނަ އެކަޑަމީ އެވޯޑްސްގައި "ސިނާސް" އާއި "ވަން ބެޓްލް އާފްޓަރ އެނަދަރ" ވަނީ ގިނަ ދާއިރާތަކަކުން ނޮމިނޭޓްވެފައެވެ. މީގެ ތެރެއިން ރަޔަން ކޫގްލަރ ޑައިރެކްޓްކުރި "ސިނާސް" ވަނީ އޮސްކާގެ ތާރީޚުގައި އެންމެ ގިނަ ނޮމިނޭޝަން ހޯދި ފިލްމުގެ ޝަރަފު ހޯދައި، އާ ރެކޯޑެއް ގާއިމުކޮށްފައެވެ. ޖުމްލަ 16 ދާއިރާއަކުން ނޮމިނޭޓްވެގެން މި ފިލްމު މިވަނީ ކުރިން 14 ނޮމިނޭޝަން ލިބުނު ފިލްމުތައް ކަމަށްވާ "އޯލް އެބައުޓް އީވް"، "ޓައިޓޭނިކް" އަދި "ލާ ލާ ލޭންޑް" ހަދާފައިވާ ރެކޯޑު މުގުރާލާފައެވެ.
16 ނޮމިނޭޝަނާއެކު ސިނާސް ތާރީޚީ ރެކޯޑެއް ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ