ލޭ ހަދިޔާކުރާ މިންވަރު ދަށްވެ، އާންމުންގެ އެހީއަށް އެދިއްޖެ

ލޭ ހަދިޔާކޮށް ދޭން އާންމުންގެ ކިބައިން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން އެދިއްޖެ އެވެ.
އެމްބީއެސް އިން ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފަ އެވެ. އެމްބީއެސް އިން ބުނި ގޮތުގައި ލޭ ލިބުން ވަނީ ދަތިވެފަ އެވެ. އަދި ލޭ ހޯދަން ތެލެސީމިއާ ކުދީންނާއި ބެލެނިވެރީންނަށް ވަނީ ދަތިވެފަ އެވެ.
އެހެން ކަމުން ލޭ ހަދިޔާ ކޮށްދޭން އާންމުންގެ ކިބައިން ވަނީ އެދިފަ އެވެ.
އެގޮތުން އޭ ޕޮޒިޓިވްއޯ އާއި އޯ ޕޮޒިޓިވް ލެޔާއި ބީ ނެގެޓިވާއި ބީ ޕޮޒިޓިވް ލޭގެ އިތުރުން އޭބީ ޕޮޒިޓިވް ލެޔާއި އޭބީ ނެގެޓިވް ލޭ ހަދިޔާ ކޮށްދޭން ވަނީ އެދިފަ އެވެ.
ލޭ ލިބުން ދަތިވެ ދޭތެރެދޭތެރެއިން އެމްބީއެސް އިން އާންމުންގެ އެހީއަށް އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ