ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ތިން ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓުން ހޯދަމުން އަންނަނީ ކޮމާޝަލް ފަސިންޖަރުންނަށް ދޭ ހިދުމަތުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހިންގާ ގޮތަށް މުޅި ރާއްޖެއަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ކުންފުންޏެކެވެ.
އެކަމަށް ހޮވޭ ކުންފުންޏަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ވެސް ލިބޭނެ އެވެ.
ތަފްސީލު - މިދިޔަ އަހަރުގެ އޮގަސްޓު އަދި ޑިސެމްބަރުގެ ތެރޭގައި ވެސް ޓްރާންސްޕޯޓުން އެކަމަށް އިއުލާންކުރި ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު ނުލިބި، މިއަދު އަލުން އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މިއަދު ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 މާޗެވެ. ޝައުގުވެރިވާ ކުންފުނިތަކުން ރިކުއެސްޓް ފޮ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.
ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދަން 3 ވަނަ ފަހަރަށް އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ