ބްލަޑް ބޭންކަށް ލޭ ބޭނުންވެގެން ހަދިޔާކުރަން އެދިއްޖެ

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ގިނަ ބްލަޑް ގްރޫޕްތަކުގެ ލޭ ވަރަށް އަވަހަށް ބޭނުންވެގެން އިއުލާންކޮށްފި އެވެ.
ތަފްސީލު - އެމްބީއެސްއިން މިރޭ ބުނީ އެތަނުގެ ބްލަޑް ބޭންކަށް ވަރަށް އަވަހަށް ލޭ ހަދިޔާކޮށްދޭނެ މީހުން ބޭނުންވާ ކަމަށެވެ.
އެމްބީއެސްއިން ލޭ ބޭނުންވާ ބްލަޑް ގްރޫޕްތަކަކީ:
އޭ ޕޮޒިޓިވް
އޯ ޕޮޒިޓިވް
އޯ ނެގެޓިވް
ބީ ޕޮޒިޓިވް
ބީ ނެގެޓިވް
އޭބީ ޕޮޒިޓިވް
ލޭ ހަދިޔާކުރުމުގައި ސަމާލުވާންވީ ކަންތައްތައް:
އުމުރުން 18 އަހަރު ފުރިފައިވުން
ބަރުދަން - 45 ކިލޯއަށްވުރެ ބަރު
ލޭ ހަދިޔާކުރުމުގެ ކުރިން މަދުވެގެން 6 ގަޑިއިރު ނިދުން
ލޭ ހަދިޔާކުރުމުގެ މަދުވެގެން 1 ގަޑިއިރު ކުރިން ނާސްތާއެއް ނެގުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ