ހައްޔަރުކުރި ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފި

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވާ އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފި އެވެ.ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގެ މައުލޫއުއާ ގުޅޭގޮތުން ސީދާ އަދި ނުސީދާކޮށް ވެސް އެއްވެސް ވާހަކައެއްނުދެއްކުމަށް ކްރިމިނަލް ކޯޓުން އެންމެންގެ މައްޗަށް އިއްޔެ ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށްލުމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރެވެ. އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ.  ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖެއްގައި ވަނީ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފަ އެވެ."ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ