ޝަމްއާން ހިމެނޭހެނެ 5 މީހަކަށް ދައުވާ ކުރަން ފޮނުވައިފި މަގުބޫލު ލިޔުންތައް ނާކާމިޔާބީގެ ތެރެއިން ފެނުނު ސާބިތުކަން: ސޮޑާގެ ސިޔާސީ ހިތްވަރު! އައްޑޫގެ މަގުތައް ގަރާޖުތަކުގެ ބަޔަކަށް, ކަމާއި ބެހޭ އިދާރާތައް ‘ލޯމަރާލައިގެން’ ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރު

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި 25 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް އާންމުންނަށް ހާމަކޮށްދިނުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ މައްސަލައެކެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށް ވަނީ ސާބިތުވެފައެވެ.
ކޯޓުން ހުކުމް އިއްވުމުގެ ކުރިން ޝަމްއާން ވަނީ ކޯޓުން ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް، ހޯމް މިނިސްޓަރު އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. މި ދައުވާތަކަކީ އެ ބޭފުޅުންގެ ކޮރަޕްޝަންގެ ވާހަކަތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޕޯޓް ކުރުމާ ގުޅިގެން، އޭނާ “ފްރޭމް” ކުރުމަށް އުފައްދާފައިވާ ދައުވާތަކެއްކަމަށް ޝަމްއާން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ޝަމްއާން ވަނީ އޭނާއާ އެކު ހައްޔަރުކުރި މީހުންނަށް ދައުލަތުން އެކި ލުއިތަކުގެ “ޑީލްތައް” ހުށަހަޅައިގެން، އޭނާއާ ދެކޮޅަށް މަޖުބޫރުން ބަޔާން ހޯދާފައިވާ ކަމަށާއި އޭނާގެ މައްޗަށް ސާބިތު ހިފޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި، މިއީ ސީދާ ދައުލަތުގެ ވެރިން އަންގައިގެން އިއްވި ސިޔާސީ ހުކުމެއްކަން ފާހަގަކޮށްފައެވެ.
ޝަމްއާންގެ މި ވާހަކަތައް މިއަދު މީޑިއާގައި ދޮގުކުރައްވަމުން މިނިސްޓަރު އިހުސާން ސޯޝަލް މީޑިއާގައި ވިދާޅުވީ، ޝަމްއާން ދައްކަނީ އެއްވެސް ހެއްކެއް ނެތް، ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް އިއްޔެ ވަނީ ރައީސް މުއިއްޒާ ގުޅުވައިގެން ޝަމްއާން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާތީ، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ފަރާތުން މިކަމުގެ ތަފްސީލީ ބަޔާނެއް ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ