ހުޅުމާލޭ ޗެނަލަށް ކޯމަސްތަކެއް؛ ގިނަ ބަޔަކު ބަލައިލަން އެއްވި ހިތްގައިމު މަންޒަރެއް

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް ތެރެއަށް މިއަދު ކޯމަސް ބައިގަނޑެއް ވަދެ، ގިނަ ބަޔަކަށް ހިތްގައުމު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ކޯމަސް ބައިގަނޑުގައި ފަސް ކޯމަސް އުޅެއެވެ. ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލުމަށް ގިނަ ބަޔަކު ވަނީ، އެ ސަރަހައްދަށް ޖަމާވެފައެވެ. އާންމުގޮތެއްގައި ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލަން ލިބޭނީ ކަނޑުގެ އުރަހަފަށަލައިންނެވެ. މިފަދަ ގޮތަކަށް ފަޅުތެރެއިން ކޯމަސްތައް ފެނުމަކީ މަދުން ނޫނީ ނުވާކަމެކެވެ. ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް، ވަކި ދަތުރުތަކަށް ޚަރަދުކޮށްގެން، ކޯމަސް ބަލައިލަން ދާކަން ފާހަގަކޮށްލެވެއެވެ. https://x.com/PokmanMV/status/2051231847536017779 ދުނިޔޭގައި ކޯމަހުގެ 40 އަށްވުރެ ގިނަ ބާވަތް އުޅޭކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް ގިނަ ބާވަތްތަކެއް ފެނެއެވެ. އޭގެ ތެރޭގައި އެންމެ އާންމުކޮށް ފެންނަނީ ސްޕިނާ ޑޯލްފިން ބޮޓްލްނޯސް ޑޯލްފިން ކަމަށް ދިރާސާތަކުގައިވެއެވެ. ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކޯމަހަކީ ހިމާޔަތްކުރެވިފައިވާ އެއްޗެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޯމަސް ހިފުމާއި، އެއަށް އަނިޔާކުރުމަކީ މަނާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ