ސްރީލަންކާގައި ދިވެހި ވިޔަފާރިވެރިންނަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބެއްލެވުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދައުވަތުދީފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލަންކާގެ ރައީސް ޑިސަނާޔަކެ ވަނީ، އެ ގައުމުގެ އިގްތިސާދީ ތަރައްގީގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކުރުމުގެ ސިނާއަތްތަކުން ހުރި ފުރުސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާއި، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުރިކަންވެސް ފާހަގަކުރެއްވިއެވެ.
1- ފަތުރުވެރިކަން
2- ތައުލީމު
3- މަތީ ތައުލީމު
4- ސިއްހީ ދާއިރާ
5- ކުޅިވަރާއި ޒުވާނުންގެ ތަރައްގީ
6- އަރުޝީފު ބެލެހެއްޓުން
7- ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުން
ލަންކާގައި އިންވެސްޓްކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ