މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
ނާޝިދު ވިދާޅުވީ، ކަނޑައެޅިފައިވާ ތާވަލަށް ވުރެ ކުރިން މި މަސައްކަތް ނިންމާލެވިފައި ވާކަމަށެވެ. އަދި މިއީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ހަލުވި ދުވެލީގައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމުގެ ސާފު ހެއްކެއްކަމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓު އެޅުމަށް މިލަންދޫގެ ބިން ކަނޑައަޅާފައިވަނީ މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ބަލައިގެންނެވެ. އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭއިރު، އެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ޑިޒައިން ކުރެވިގެން ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ