ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ކުރަން އިއްޔެ ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ދެމެދުގެ ތަފާސްހިސާބަށް ބަލާއިރު އޮޕަރޭޝަން ޑޮކްޓަރުންގެ އޯޕީޑީތަކަށް ގިނައިން ދެއްކީ [މި ހިދުމަތް ބޭނުންވޭ] ފަދަ ބަލިތަކަށް ބޭސްކުރަން ޖެހުނު މީހުން ކަމަށެވެ.
ނަމަވެސް، އެ ބަލިތަކާ ގުޅިގެން އޭރު ކުރި އޮޕަރޭޝަންތަކުގެ ސަބަބުން ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބާއްވަންޖެހުމާއި ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަސް ނެގުން ހިމެނެ އެވެ.
ނަމަވެސް، ލޭޒާ ސާޖަރީއާ އެކު އެކަންކަމަށް ވަރަށް ބޮޑު ލުއެއް ލިބޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އާއްމުކޮށް، ފަޅައިގެން ކުރާ އޮޕަރޭޝަންތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ އޮޕަރޭޝަން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފަ އެވެ. އެއީ؛
ހޮސްޕިޓަލުން ބުނީ މިގޮތަށް ކުރާ އޮޕަރޭޝަންތަކުން ބަލި މީހާއަށް ފައިދާތަކެއް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި، ބޮޑު ތަނެއް ކަފާނުލައި އޮޕަރޭޝަން ކުރުމުން ބަލި ރަނގަޅުވެ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮންނަންޖެހޭ މުއްދަތު ކުރުވުން ހިމެނޭކަން ފާހަގަކުރި އެވެ. އިންފެކްޝަން އުފެދި، ދޮސް ގަތުމުގެ ފުރުސަތު ކުޑަވުމަކީ ވެސް އޭގެ އަނެއް ފައިދާ ކަމަށް ބުނެފައިވެ އެވެ.
އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ސާޖަރީ ޑރ. އަބްދުﷲ އުބެއިދު ވިދާޅުވީ ސާޖަރީތައް އިތުރު ދާއިރާތަކަށް ވެސް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރެއިން ޕްލާސްޓިކް ސާޖަރީއަށް ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުގައި އޮޕަރޭޝަންތައް ކޮށްފައިވަނީ އިންޑިއާގެ ހޮސްޕިޓަލުތަކުގައި ކަމާގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށްފަހުގަ އެވެ.
ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ