އައްޑޫ މީދޫ އަދި ހުޅުދޫއަށް ވަކި ކައުންސިލް އިދާރާތަކެއް އުފައްދައިފި އައްޑޫ ސިޓީ ކައުންސިލުން ކަދުރު ބަހަން ތައްޔާރުވެއްޖެ, ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކް އަތުލައިގެންފި ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަ

ސަރުކާރު ހިންގާ މައި ޕާޓީ ގެ ކެންޑިޑޭޓަކު މަޖިލީހަށް ހޮވައިފިނަމަ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިހެން ވިދާޅުވީ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ.
މި ބައްދަލުވުމުގައި ސޯބެ ވިދާޅުވީ ރައްޔިތުން މަޖިލިސް މެންބަރުން ހޮވަނީ މިނިސްޓަރުންނަށް ސަލާން ޖަހަން ނޫންކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހޯދުމަށް ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރޭގައި ވަރަށް ރަނގަޅު ނިޒާމެއް އެބައޮތް ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ޕީއެންސީގެ މެންބަރަކު ހޮވައިފިނަމަ އެ މެންބަރަކު މަސައްކަތް ކުރައްވާނީ އަމިއްލަ މަންފާއަށް ކަމަށް ތުހުމަތު ކުރައްވައި، އޭނާއަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން ސޯބެ އެދިވަޑައިގެންނެވިއެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ