ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް އެ އިދާރާއަށް މިއަދު ރިޕޯޓުކޮށްފައިވާކަމަށެވެ.
އެގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކު ކަމަށާއި އޭނާ މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް، އެމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ