ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން 65 އިންޗީގެ ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި
ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން، 65 އިންޗީގެ ސްމާޓް ޓީވީއެއް ހިމެނޭހެން ޚާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފިއެވެ. ދިރާގުން ބުނީ، ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ފައިބާ ބްރޯޑްބޭންޑާއި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށް "ފޯރި ލަކީޑްރޯ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން، ވޯލްޑް ކަޕްގެ ކޮންމެ ބުރެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، ދިރާގުން ބުންޏެވެ. ކޮންމެ ބުރަކަށް ފަހު ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ދިރާގުން ދޭ އިނާމުތަކަކީ: ގަދަ 32ގެ ބުރު: 32 ނަސީބުވެރިޔަކަށް 100 ޖީބީގެ ޑޭޓާ ގަދަ 16ގެ ބުރު: 16 ނަސީބުވެރިއަކަށް "ޖޭބީއެލް ޓިއުން 730ބީޓީ" ހެޑްފޯން ކުއާޓާ ފައިނަލް: އަށް ނަސީބުވެރިއަކަށް "ޖޭބީއެލް ކްލިޕް 5" ސްޕީކަރު ސެމީ ފައިނަލް: ހަތަރު ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން ފައިނަލް: ނަސީބުވެރިޔާއަށް 65އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ހުޅުވައިލައިފައިވާ ކަމަށް ދިރާގުން ބުންޏެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު އެޕް ހުޅުވައިލުމަށްފަހު "ޖެހީ ލިބުނީ" ބެނާ އިޚްތިޔާރުކޮށް، ވޯލްޑް ކަޕްގައި ކަސްޓަމަރު ސަޕޯޓުކުރާ ޓީމު އިޚްތިޔާރުކުރާނީއެވެ. އެއަށްފަހު، ޕޯސްޓްޕެއިޑް 450އަށް ވުރެ މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން، ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ދިރާގުން ބުނީ، މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެން، ނުވަތަ "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑް ޕެކޭޖު އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނެއް އަލަށް ނަގައިގެން، ނުވަތަ ޑިޖިޓަލް ޚިދުމަތަކަށް ސަބްސްކްރައިބްކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ