ފެނަކަ އިން ވަކިވާން 97 މުވައްޒަފަކު އެދިއްޖެ

ރާއްޖޭގެ ބޮޑު ބަޔަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމަޔަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްްލަަ އަށް ރިޓަޔާކުރަން ބޭނުންވާ މުވައްްޒަފުންނަށް ހުޅުވާލި ފުރުސަތު 97 މުވައްޒަފަކު ބޭނުންކޮށްފައިވާ ކަމަށާއި ކުންފުނި "ރައިޓްސައިޒް" ކުރަން ތަރުހީބު ބޮޑު ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވި ގޮތުގައި އެ މަގާމަށް އޭނަ މިދިޔަ އެޕްރީލް މަހުގެ 27 ގައި އައްޔަންކުރި އިރު، ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،000 އަށް އަރަ އެވެ. އަދި އެ މުވައްޒަފުންނަށް މުސާރަ ދޭން މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަވެ އެވެ.އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައު ފެނަކަ އަކީ ސިޔާސީ މަންފާ އަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައިވާ ކުންފުންޏެކެވެ. އަދި އޭގެ ތެރެއިން ގިނަ މުވައްޒަފުންނަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި، އެކަމަކު ބަރާބަރަށް މުސާރަ ލިބެމުންދާ މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ