ސެން ފްރަންސިސްކޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ތުރުކީ ކެޓި ގޮތުން، ލަދުން ތިބި ކަމަށާއި މި ވޯލްޑް ކަޕްގައި މި ހިނގައިދިޔަ ކަންކަން ހަނދާނުން ފޮހެލެވޭނެ ކަމެއް ތުރުކީ ސަޕޯޓަރުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަމަށް ތުރުކީގެ ތަރި، އާޑާ ގުލާ ބުނެފި އެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްްޑް ކަޕްގެ ތިން ވަނަ ހޯދި ތުރުކީން މިދިޔަ 24 އަހަރު ތެރޭ ކުޅުނު ފުރަތަމަ ވޯލްޑް ކަޕަކީ މި ފަހަރުގެ މުބާރާތެވެ. އެ ގޮތުން، ވޯލްޑް ކަޕަށް ނުކުމެ ފުރަތަމަ ދެ މެޗުން ވެސް ބަލިވެ، ތުރުކީ ވަނީ ބާކީ މެޗެއް އޮއްވައި ވަނީ މުބާރާތުން ކަޓައިފަ އެވެ.
ތުރުކީ ކެޓީ ފުރަތަމަ މެޗުން އޮސްޓްރޭލިއާ އަތުން 2-0 އަދި ދެ ވަނަ މެޗުން ޕެރަގުއޭ އަތުން 1-0 އިން ބަލިވުމުންނެވެ. އެ ދެ މެޗުގައި ތުރުކީން ޖުމްލަ އެކު، 62 ޝޮޓް ފޮނުވާލިއިރު، އެންމެ ލަނޑެއް ވެސް ނުޖެހުނެވެ. މިއީ، މިހާތަނަށް ވޯލްޑް ކަޕެއް ފެށި ދެ މެޗުގައި ޓީމެއްގެ އެޓޭކިންގައި އެންމެ ދަށް ރެކޯޑެވެ. ފުރަތަމަ ދެ މެޗުގައި ފެނުނީ ދަށް ކުޅުމެއްގެ ސަބަބުން ތުރުކީ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ޓީމަށް އަމާޒުވެފަ އެވެ.
ޕެރަގުއޭ މެޗަށް ފަހު ގުލާ ބުނީ، ވޯލްޑްް ކަޕް ދިޔަ ގޮތުން ތިބީ "ލަދުން" ކަމަށެވެ.
"އަހަރެމެންގެ މީހުންގެ ކިބައިން މާފަށް އެދެން. އަހަރެމެން (ކްލަބްތަކުގައި) ކުޅެނީ ވަރަށް ބޮޑެތި ޓީމުތަކަށް، އެކަން އަހަރެމެން (ގައުމީ ޓީމުގެ މެޗުތަކުގައި) ދަނޑުމަތިން ދައްކަން ވެސް ޖެހޭނެ. އަހަަރެމެންނަށް މި ދެ މެޗުގައި ލަނޑެއް ވެސް ނުޖެހުނު،" ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގުލާ ބުންޏެވެ.
"އަހަރެންގެ ގައުމީ ޓީމުގެ ކެރިއަރުގައި. އަހަަންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން މި މުބާރާތް (މި ފަހަރުގެ ވޯލްޑް ކަޕް) ހަނދާނުން ފޮހެލަން. އަދިވެސް އެއް ފަހަރު އަހަރެމެންގެ މީހުންގެ ކިބައިން މާފަށް އެދެން،"
ގުލާގެ އިތުރުން ތުރުކީގެ ގޯލްކީޕަރު، އުގްރްކާން ޗަކީރު ވެސް ވަނީ ތުރުކީގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ތުުރުކީން ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ދެ މެޗުން މޮޅުވެފައިވާ، އެމެރިކާއާ އެވެ.
މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރަށް ދިޔައި އެމެރިކާ އެވެ. ދެ ވަނައިގައި މި ވަގުތު އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އޮސްޓްރޭލިއާ އެވެ. ތިން ވަނައިގައި އޮތް ޕެރަގުއޭ އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ސައުވީސް އަހަރަށް ފަހު ވޯލްޑް ކަޕަށް އައިސް ފުރަތަމަ ދެ މެޗުން ބަލިވެ، ތުރުކީ ވަނީ ކަޓައިފަ އެވެ.
މިތިބީ ލަދުން، ތުރުކީ އަށް މި ވޯލްޑް ކަޕް ހަނދާން ނައްތާލެވޭނެ ކަމެއް ކޮށްދޭނަން: އާޑާ ގުލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ