ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސޭންޑީސައިޑް، ވ. ކެޔޮދޫ، ފައުޒާން އަހުމަދު ހުސައިން އެވެ. އުމުރުން 25 އަހަރުގެ ފައުޒާން ހައްޔަރުކުރީ ވެސް ކެޔޮދޫ އިންނެވެ. އޭނާ ވަނީ ޝަރީއަތް ނިމެހެން ބަންދުކޮށްފަ އެވެ.
މިއީ ކަސްޓަމްސްއިން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އެތެރެކުރީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެތެރެކުރީ ކަނޑު މަގުންތޯ ވައިގެ މަގުންތޯ ވެސް ސާފުވެފައެއް ނުވެ އެވެ.
އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސްއިން ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ.
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކެޔޮދޫ ޒުވާނަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ