ރައީސް ތަސްދީގުނުކުރެއްވި ގުނަވަން ޓްރާންސްޕްލާންޓް ބިލު އިޖުތިމާއީ ކޮމިޓީއަށް މިސްކިތަށް ގެއްލުންދޭ މީހަކީ ޓެރަރިސްޓެއް! މަޖިލީހަށް މުހިންމު ބިލެއް ޒުވާނުން ޔުނިފޯމް އެޅި ހިދުމަތްތަކަށް ނެރުމަށް ހާއްސަ ބިލެއް މަޖިލީހަށް ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޖަ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އެހީތެރިވެދޭ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ތަކެތިން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި އިސްލާހަކީ ދުންފަތާ ދުރުވުމަށް ބޭނުންކުރާ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ.
މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި އިސްލާހުގެ ދަށުން، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަން ވަނީ ހުށަހަޅާފައެވެ.
މި ބިލުގައި ނިކޮޓިން އެހީތަކުން ޑިއުޓީ ކަނޑާލުމުގެ އިތުރުން، ސިނގިރޭޓާއި ބިޑިއާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް އިން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ވެސް ވަނީ ހުށަހަޅާފައެވެ. އަދި ސިނގިރޭޓުން ނަގާ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސަންޓު ކަމަށް ހަމަޖެއްސުމަށް ވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
މީގެ ކުރިން، ނޮވެމްބަރު 2024 ގައި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގަމުން އައި 3.30 ރުފިޔާގެ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް، ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން މިހާރު ހުށަހަޅާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައިވާ ލަފަޔާ އެއްގޮތަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ސަރުކާރުން ބުންޏެވެ.
މި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބިލު ގާނޫނަކަށް ވުމުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އާދަ ދޫކޮށްލުމަށް ބޭނުންކުރާ ސިއްހީ ބާވަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ