މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ފެނަކަ ކޯޕަރޭޝަނުން ކުރިން ހިންގި މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ. މ. މުލައް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކުރީ، އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެ ކުންފުނީގެ ފަރާތުން އެ ކަމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގަ އެވެ. އެ ގޮތުން:ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިންމިއާ އެކު ސްޓެލްކޯއިން ހަވާލުވީ އިތުރު ހަތް ރަށުގެ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެއީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރު، މުލި، ނަލާފުށި، ރަތްމަންދޫގެ އިތުރުން ވޭވަށެވެ.ސްޓެލްކޯއިން ބުނީ، ފެނަކައިން ކުރިން ހިދުމަތް ދެމުން އައި އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ނިޒާމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.މި ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާއި ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ވެސް ސްޓެލްކޯ އިން ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ