ހިއްކައިގެން ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ފަރުކޮޅުފުށީގައި މިރޭ މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ 2 ގެ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު އިރުއޮއްސި 6:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުން ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ މާރާމާރީގައި އަނިޔާވި އެކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ.
ފަރުކޮޅުފުށީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ