ސިޔާސީ މައްސަލަތަކުގައި ވަޒީފާއިން ވަކި ކުރާތީ އިދިކޮޅު އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ބައިވެރިވި ކިޔަވައިގެން ހުރި ޒުވާން އިލެކްޓްރީޝަނަކު ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފި އެވެ.
ބެޗެލާސް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ހާސިލުކޮށްފައިވާ މުހައްމަދު މާސިހު (މާޗީ) ވަޒީފާއިން ވަކި ކުރިކަން އެންގީ މިއަދެވެ. އޭނާއަށް އެކަން އަންގައި ފޮނުވި ޗިޓުގައި މަގާމުން ވަކި ކުރާ ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
މާސިހުއަކީ އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ. އަދި އޭގެ އިތުރުން ޕާޓީގެ އެތެރޭގެ ބައެއް މަގާމުތަކަށް ވެސް ވާދަކޮށްފައިވެ އެވެ. އެއ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގެކެވެ.
މާސިހު ވަޒީފާއިން ވަކި ކުރުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދަޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ބިރާއި ދެމުންދާ އަނިޔާ ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
"މި ބިރު ދެއްކުމާއި އަނިޔާ، މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ވެރިކަމާއެކު، އެމްޑީޕީއިން ނިމުމަކަށް ގެންނާނަން. ރައީސް މުއިއްޒު މި ރާއްޖޭގެ ތިަ ގެންދަވަނީ އިންގިލާބެއްގެ ތުންފަތް މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.
ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި ސިޔާސީނުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ވެސް ސިޔާސީ މައްސަލަތަކުގައި 14 އަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
"ވަޒީފާ ބުރާސްފަތި" މުޒާހަރާގައި ބައިވެރިވުމުން ސްޓެލްކޯގެ އިލެކްޓްރީޝަނަކު ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ