ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އެޗް“ ގައި މިއަދު އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ސްޕެއިނުން ސައުދީ އަރަބިއްޔާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ސްޕެއިނުން ވަނީ މުބާރާތުގައި ހަތަރު ޕޮއިންޓް ހޯދައި، ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.
މި މެޗު ފެށިގެން ސްޕެއިނުން ފެނިގެން ދިޔައީ ވަރަށް ވަރުގަދަ އަދި އިތުބާރާއެކު ކުޅުނު ތަނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ގޯލެއް ޖަހައި ސްޕެއިނަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން، މެޗުގެ 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައި މިކެލް އޮޔާޒަބާލް ޖެހި ދެ ގޯލާއެކު، ފުރަތަމަ ހާފު ނިމުނުއިރު ސްޕެއިން އޮތީ 3-0 އިން ކުރީގައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 49 ވަނަ މިނެޓުގައި ސައުދީ އަރަބިއްޔާގެ ހަސަން އަލް ތަމްބަކްތީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ސްޕެއިންގެ ލީޑު 4-0 އަށް އިތުރުވިއެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މިކެލް އޮޔާޒަބާލް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ވާދަކޮށް 0-0 އިން އެއްވަރުވި ސްޕެއިނަށް، މި މޮޅަކީ އެޓީމުގެ ފޯމު އަނބުރާ ގެނައުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މި ނަތީޖާއާއެކު ގްރޫޕްގެ ފޯރި އިތުރަށް ގަދަވެފައިވާ އިރު، ސްޕެއިން ދެން ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ސްޕެއިނަށް ސައުދީ އަތުން ބޮޑު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ